ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

20 އޮކްޓޯބަރު 2021 11:15

ނަންބަރު

41

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީއަށް ލިބިފައިވާ ސިޓީތަކާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ. އެގޮތުން މާލިއްޔަތު ކޮމިޓިން ފޮނުވާފައިވާ ސިޓީއަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށްޓަކައި 26 އޮކްޓޫބަރު 2021 ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކުރުމަށް ކޮމިޓީން ނިންމެވިއެވެ. . މީގެ އިތުރުން ކޮމިޓީއަށް އަމިއްލަފަރާތަކުން ފޮނުވާފައިވާ ސިޓީއާ މެދު ގޮތެއް ނިންމައި އެ ފަރާތްތަކަށް ކޮމިޓީން ނިންމެވިގޮތުގެ ތަފްސީލު ޖަވާބު ފޮނުވަން ނިންމެވިއެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު މި ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ އެސް އޯ އީ ކޮމިޓީގެ މަސްއޫލިއްޔާތުގައި ހިމެނެކަމެއްކަމަށް ކޮމިޓީން ދެކޭތީ އެ މައްސަލަ އެ ކޮމިޓީއަސް ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA