ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

27 އޮކްޓޯބަރު 2021 11:25

ނަންބަރު

43

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 43 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ޤާނޫނު ނަންބަރު 2009/1 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ޤާނޫނު) އަށް އިސްލާހުގެނައުމުގެ ބިލު ދިރާސާކުރުމެވެ. މިގޮތުން މި ބިލާމެދު މަޝްވަރާކުރުމަށް ހުޅުވާލުމުން، މިކަމަކީ އިލެކްޝަންސް ގެ މެންޑޭޓެގައި ހިމެނޭ ކަމަކަށްވެފައި އިލެކްޝަނަސް އިން ނިންމާ ނިންމުން މަޖްލިހުގަ ވެބްސައިޓްގައިގައި ޝާއިޢުކުރަން ޤާނުނަކުން ނިންމާނިންމުމަކީ އެންމެ ރަނގަޅު ޤާނޫނީ ހަމަކަމަށް ނުފެންނާތީ މިގޮތަށް މި ޤާނޫނު އިސްލާހުކުރަން ނުފެންނަކަމަށާއި ނަމަވެސް ރިޕޯޓުގައި ރިކޮމެންޑޭޝަނެއްގެ ގޮތުގައި އިލެކްޝަނުން އިއުލާންކޮށްފަ އޮންނަ އޮތުން މަޖލީހުގެ އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހުގައި އެ އިންތިހާބީ ދާއިރާގައި ހިމެނޭ ހުރިހާ ރަށްތަކެއް އެނގޭގޮތަށް މަޖިލީހުގެ ވެބްސައިޓުގައި ފެންނަގޮތަށް ހިމެނުމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA