ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

23 ނޮވެމްބަރު 2021 12:30

ނަންބަރު

57

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 57 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުވާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލުގެ ސުންގަޑި 15 ނޮވެންބަރު 2021 އަށް ހަމަވެފައިވާތީ، ބިލުގެ ސުންގަޑި އަލުން ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅައި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދުކޮށް ހުށަހަޅާފައިވަނީ، މި ބިލު ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 28 ފެބްރުވަރީ 2022 ކަމުގައެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ ޤަރާރު ގެ ސުންގަޑި ކަނޑައަޅައި ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމުގެ މަސައްކަތެވެ. އެގޮތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކޮށް ހުށަހަޅާފައިވަނީ، ޤަރާރުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 15 މާރިޗު 2022 ކަމުގައެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި ޤަރާރާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެމް.ޕީ.އެލް، މޯލްޑިވްސް ޝިޕިންގ ކޮންޕެނީ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އިމިގްރޭޝަން އިން ލިޔުމުން މައުލޫމާތު ސާފުކުރުމަށްފަހު އެ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA