ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

31 އޮކްޓޯބަރު 2021 11:05

ނަންބަރު

15

2021 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެންމެ ފުރަތަމަ ކޮމިޓީއަށް ހުށަހެޅިފައިވާ ބިލުތަކުގެ ސުންގަޑި އިތުރުކުރެއްވިއެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެންބަރު ހުށަހެޅުއްވީ ބިލުތަކުގެ ސުންގަޑި 30 ނޮވެންބަރު 2021 އަށް އިތުރުކުރެއްވުމަށެވެ. މި ހުށަހެޅުއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކުރައްވައި ކޮމިޓީގައި އެވަގުތު ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އެއަށްފަހު، ބ.ކަމަދޫ ކައުންސިލާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަތައް ސަބް-ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، ކައުންސިލްގެ ދައުރު ހަމަވެ އާ ކައުންސިލެއް އިންތިހާބުވުމުން އެ މައްސަލަތަކަށް މިހާރު ޙައްލު ލިބިފައިވާކަމަށް އަދި ބައެއް މައްސަލަތަކަކީ މި ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ ކަންކަން ފާހަގަކޮށް އެ މައްސަލަތަކާ ގުޅޭ ސަރުކާރުގެ ވުޒާރަތަކަށް މައްސަލަ ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ސަބް-ކޮމިޓީން ނިންމަވާފައިވާތީ އެ ނިންމެވުމަށް ތާއީދުކުރައްވައި ކޮމިޓީގައި އެވަގުތު ބައިވެރިވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްކުރެއްވިއެވެ. އަދި ނައިފަރު ކައުންސިލާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަތައް ސަބް-ކޮމިޓީން ބެއްލެވުމަށް ނިންމެވިއެވެ. ދެން، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވިއެވެ. އެގޮތުން، ކޮމިޓީން ގެންނެވި އިޞްލާޙުތަކާއެކު ކޮމިޓީގައި އެވަގުތު ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ބިލު ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA