ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

1 ނޮވެމްބަރު 2021 12:30

ނަންބަރު

52

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 52 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢާ ގުޅޭ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މިހާރު ހަދަމުންދާ ފްލެޓްތައް ހުރި ސަރަޙައްދުގެ ފެނާއި، ނަރުދަމާ، ކަރަންޓް އަދި މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތާއި އެ މަސައްކަތް ނިންމާލެވޭނެ ތާރީޚެއް އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ބައްދަލުކުރެއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އެއަށްފަހު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލުމާ ގުޅިގެން އެ ކުންފުނީގެ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއިން ވަޒީފާ ދިނުމަށް ނިންމަވާފައިވާ މައްސަލައާ ގުޅިގެން، އެފަރާތްތަކުގެ މުސާރައާއި ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި ނޭޝަނަލް ޕޭ ކޮމިޝަނުން ފޮނުއްވާފައިވާ މަޢުލޫމާތު ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA