ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

4 ފެބްރުއަރީ 2020 13:00

ނަންބަރު

1

2020 ވަނަ އަހަރުގެ 1 ވަނަ ބައްދަލުުވުން

ޚުލާސާ

މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޯޕަން ޑޭ އެއް ފާހަގަ ކުރުމާގުޅޭގޮތުން މަޝްވަރާ ކުރެއްވުނެވެ. އެގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު 22 ފެބުރުވަރީ 2020 ވާ ހޮނިހިރު ދުވަހު އޯޕަންޑޭ ބޭއްވުމަށް ނިންމެވިއެވެ. މީގެއިތުރުން ކޮންމެ އަހަރަކު 2 ފަހަރު މި އޯޕަންޑޭ ބޭއްވުމަށާއި ފުރަތަމަ ބާއްވާ އޯޕަންޑޭ ޚާއްސަ ކުރެވޭނީ މެންބަރުންނާ މުވައްޒަފުންނަށާއި އަދި އެ ފަރާތްތަކުގެ އާއިލާތަކަށްކަމަށް ކޮމިޓީން ނިންމެވިއެވެ. އަދި މި އޯޕަންޑޭގެ އިންތިޒާމް ކުރުމުގެ ގޮތުން އިދާރާގެ ސޯޝަލް ކުލަބާއި ސަރޖެންޓް-އެޓް-އާރމްސް އާ ބައްދަލުކުރެއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ. އޯޕަންޑޭގެ ޙަރަކާތްތައް އިންތިޒާމް ކުރެއްވުމަށް ސަބް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ސަބް ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ: 1-ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން 2-މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ 3-ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އެއަށްފަހު، ކުރިއަށްގެންދެވީ މެންބަރުނަށް ކޮމިޓީ އެލަވަންސް ދިނުމުގެ އުސޫލަށް ބަދަލުގެނައުމަށް ފޮނުވާފައިވާ މެމޯއާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ މިހާރުވެސް ޢަމަލުކުރަމުންދާ މާލިއްޔަތު ކޮމިޓީގެ 57-F/PMC/2011/95 ( 24 އޮގަސްޓު 2011) ސިޓީގައިވާ ގޮތަށް ޢަމަލުކުރުމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
15 އޮކްޓޯބަރު 2020 - މެންބަރުންގެ ކޮމިޓީ އެލަވަންސް ދެވޭ އުޞޫލު ދިރާސާކުރުން
4 ފެބްރުއަރީ 2020 - އޯޕަން ޑޭ އިންތިޒާމް ކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA