ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަދި އެސްއޯއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

18 އޯގަސްޓު 2021 11:00

ނަންބަރު

1

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަދި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ގެ 2021 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާއީދުކުރެއްވި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ ތާއީދު ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ވޯޓުން، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ތާއީދުކުރެއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ 14 މެންބަރުންގެ ވޯޓުން ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މިއަށްފަހު، މަސައްކަތް ކުރިއަށް ގެންދިއުމާގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، 5 މެންބަރުންގެ ސަބް-ކޮމިޓީއެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމައި، ތިރީގައިވާ 5 މެންބަރުން ސަބް-ކޮމިޓީއަށް ފާސްކުރިއެވެ. 1. ކެޔޮދޫ ދާއިރާގެ މެންބަރު ޙުސެއިން ޤާސިމް 2. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް 3. ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު 4. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް 5. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް އެއަށްފަހު، ކޮމިޓީން މަޢުލޫމާތު ހޯއްދަވާނެ މުއައްސަސާތައް ކަނޑައެޅުއްވިއެވެ. މިގޮތުން، ކަނޑައެޅުއްވި ފަރާތްތައް ތިރީގައި އެވަނީއެވެ. • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ • މިނިސްޓްރީ އޮފް އެންވަޔަރަމަންޓް • މާލެސިޓީ ކައުންސިލް • އެސަރަހައްދު އާންމުންގެ ޖަމްޢިއްޔާއެއް • ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ އަދި މަސައްކަތް ނިންމުމުގެ ސުންޑަސިއެއްގެ ގޮތުގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހެޅުއްވި، ސަބް-ކޮމިޓީން މަސައްކަތް ނިންމެވުމަށްފަހު މައި ކޮމިޓީއަށް ހުށަހަޅާ ސުންގަޑިއެއް ކަމުގައި 01 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަސް އަދި މައި ކޮމިޓީން ރިޕޯޓް ފާސްކުރާ ދުވަސް ކަމުގައި 08 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަސް، އެއްވެސް މެންބަރެއް އިޢުތިރާޒް ނުކުރެއްވުމުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA