ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

22 ނޮވެމްބަރު 2021 11:00

ނަންބަރު

10

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2021 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މައްސަލައެއްގެ ތުހުމަތަކާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މެދުވެރިކޮށް، އަދާކުރަމުންދާ ވަޒީފާއިން ޤާނޫނާއި ޤަވާއިދާ ޚިލާފަށް މުސާރަ ނުލިބޭ ގޮތަށް 03 ފަހަރެއްގެ މަތިން ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑުކޮށްފައިވާތީ، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޖަވާބު ދާރީކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ސިވިލް ސަރވިސް ކޮމިޝަންއިން މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ. އެއަށްފަހު އެޖެންޑާ ގެެ އެހެނިހެންގެ ދަށުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހަޅުއްވައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ތާއީދުކުރެއްވި އަންނަނިވި ކަންކަމާމެދު މަޝްވަރާކުރެއްވުމަށްފަހު، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމްގެ އިތުރުން ކަމާގުޅޭ ސެކްޝަން ނުވަތަ ޑިޕަރޓްމަންޓްތަކުގެ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. 1.އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޏ.ފުވައްމުލަކު ހޮސްޕިޓަލްގައި ނިޔާވިކަމަށް ބެލެވޭ 05 އަހަރުގެ ކުއްޖާގެ މަރުގެ ތަޙްޤީޤް މިހާރު ގޮސްފައިވާ ހިސާބާއި، ތަޙްޤީޤް ނިމިފައިނުވާނަމަ އެކަން ލަސްވަމުންދާ ސަބަބާއި އަދި ތަޙްޤީޤް ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީޚް؛ 2.ޏ. ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން ދެމަސް ފަހުން ފޮތިގަނޑެއް ނެގި މައްސަލައިގެ ތަޙްޤީޤް މިހާރު ގޮސްފައިވާ ހިސާބާއި، ތަޙްޤީޤް ނިމިފައިނުވާނަމަ ލަސްވަމުންދާ ސަބަބާއި އަދި ތަޙްޤީޤް ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީޚް؛ 3.އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އެކަށީގެންވާ ވަރަށް ޚިދުމަތްތައް ނުދެވޭ މައްސަލައާއި، ޕޭޝަންޓް ކެޕޭސިޓީއާ އެއްވަރަށް އެ ޚިދުމަތް ފޯރުކޮށްދޭނެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދިވެސް އެނޫން އިންސާނީ ވަޞީލަތްތަކާއި ބޭނުންކުރާ އާލާތްތައް ނެތުމުގެ ސަބަބުން ދިމާވަމުންދާ ދަތިތަށް ޙައްލުކުރުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް؛ އަދި 4.މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އަދި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ދޫކުރަމުންދާ އެކި ލައިސަންސްތަކާއި ދެމުންދާ ޚިދުމަތްތައް ދިނުމުގައި ލަސްވަމުންދާ މައްސަލަ އާއި އެފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
10 ނޮވެމްބަރު 2021 - އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA