ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

13 އޮކްޓޯބަރު 2021 12:00

ނަންބަރު

40

2021 ވަނަ އަހަރުގެ 40 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރު ދިރާސާކުރުމެވެ. އެގޮތުން އެ ޤަރާރާ ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލައި މައްސަލަ ނިންމިމަށާއި، އަދި ކޮމިޓީން އެދިފައިވާ މަޢޫލޫމާތު ލިބިފައިވާނުވާތީ އެ މަޢުލޫމާތު އަލުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ހޯދުމަށް ނިންމަވާފައިވެއެވެ. މީގެއިތުރުން ޤަރާރުގައު ގޮވާލާފައިވާ ކަންކަމަކީ މިހާތު ކުރަމުންދާ މަސައްކަތެއް ކަމުގައިވާތީ އެ ޤަރާރު ހުށަހަޅުއްވާފައިވާގޮތަށް ބަލައި ނުގަތުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގޮސްފައިވަނީ، މިފްކޯއަށް ގިނަ އަދަދަކަށް ދަރު ވިއްކާ މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމެވުމެވެ. އެގޮތުން އެ މައްސަލަ ހުށަހެޅުއްވި މެންބަރު އެ މައްސަލަ ކުރިއަށް ނުގެންދަވާތީ އެ މައްސަލަ އިތުރަށް ކޮމިޓީން ނުބެލުމަށް ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA