ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

1 ނޮވެމްބަރު 2021 13:00

ނަންބަރު

130

2021 ވަނަ އަހަރުގެ 130 ވަނަ ބައްދަލުވުން

ޚުލާސާ

މަޖިލީހުގެ ބައެއް ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް އައިސްފައިވާ ބަދަލާ ގުޅިގެން ކޮމިޓީގެ މެންބަރުންގެ އަދަދު 15 އަށް ބަދަލުވެފައިވާތީ، ކޮމިޓީ ހިންގާ ގަވާއިދު އިޞްލާޙުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ތާއީދު ކުރެއްވީ، ކޮމިޓީގެ ވޯކިންގް ކޯރަމް އަކީ 5 ކަމަށާއި ވޯޓިންގް ކޯރަމް އަކީ 8 ކަމަށެވެ. މި ހުށަހެޅުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. އެއަށްފަހު ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)އަށް އިޞްލާޙުގެނައުމުގެ ބިލުގެ ސުންގަޑި 8 ނޮވެންބަރަށް އިތުރުކުރުމަށް ނިންމެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ ގެކޮޅުގައި ރޯކޮށްލުމަށް ބަޔަކު މަސައްކަތްކޮއްފައިވާތީ އެ މައްސަލައިގެ ތަޙްޤީޤް ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA