ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

12 ނޮވެމްބަރު 2021 20:30

ނަންބަރު

132

2021 ވަނަ އަހަރުގެ 132 ވަނަ ބައްދަލުވުން

ޚުލާސާ

ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަން ކަށަވަރުކުރުމަށްޓަކައި އުތުރު ތިލަފަޅު ތަރައްޤީކުރުމާބެހޭ އެއްބަސްވުމާއި، ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި އަދި ޑޯނިއޮރ މަތިންދާ ބޯޓާބެހޭ އެއްބަސްވުމުގެ އަސްލު ހޯދައި ދިރާސާކުރައްވައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަންކަން ހުރިތޯ ބައްލަވައިދެއްވުންއެދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ފޮނުއްވާފައިވާ މައްސަލައާގުޅޭ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މިނިސްޓްރީ އޮފް ޑިފެންސްގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރެއްވުމެވެ. އެގޮތުން މި ބައްދަލުވުމުގައި ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި އަދި ޑޯނިއޮރ މަތިންދާ ބޯޓާބެހޭ އެއްބަސްވުމާ ގުޅޭ މަޢުލޫމާތު ކޮމިޓީއާ ޙިއްސާކުރެއްވިއެވެ. އަދި މީގެ އިތުރުން މި ދެ އެއްބްސްވުމުގެ އަސްލު މެންބަރުންނަށް ޕްރެސެންޓޭޝަންގައި ޙިއްސާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
23 ސެޕްޓެމްބަރު 2021 - އުތުރު ތިލަފަޅާގުޅޭ އެއްބަސްވުން ހޯދުމަށް ހުށަހަޅުއްވާފައިވާ މައްސަަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA