މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

5 ފެބްރުއަރީ 2020 11:00 ނަންބަރު 2

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލުގެ ސުންގަޑި އިތުރުކުރައްވައި މަޝްވަރާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ބިލުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 29 ފެބުރުވަރީ 2020 ކަމުގައި ނިންމެވިއެވެ. މީގެއިތުރުން، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކީ 15 މާރިޗު 2020 ކަމުގައި ނިންމަވައި، ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކީ 30 މާރިޗު 2020 ކަމުގައި ނިންމެވިއެވެ. އަދި މި 3 ބިލުގެ މަސައްކަތް ނިންމުމަށް ވަކިވަކި ސަބްކޮމިޓީތައް ހޮއްވަވާ ބިލްތަކަށް ކޮމެންޓްސް ހޯދުމަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމަށް ނިންމަވައި ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު އަދި ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލަށް ޚިޔާލު ހޯއްދެވުމަށް ހުޅުވާލުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

2 ޑިސެމްބަރު 2019

ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލް

ކޮމެޓީ މަސައްކަތް ނިމިފައި

2 ޑިސެމްބަރު 2019

ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލް

ކޮމެޓީ މަސައްކަތް ނިމިފައި

8 އޮކްޓޯބަރު 2019

ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA