ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

21 ސެޕްޓެމްބަރު 2021 12:30

ނަންބަރު

14

2021 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ބިލުތަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާއި މަޖިލީހުގެ އެކި ކޮމިޓީތަކުން ދިރާސާކުރައްވަމުންގެންދަވާ ބިލުތަކުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރައްވާ ދުވަސް ބަޔާންކޮށް އެ ކޮމިޓީތަކުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކަށް ޢަމަލުކުރެއްވުމުގެ މުއްދަތު 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އިތުރުކުރުމަށް ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުން ނިންމެވިއެވެ. އެއަށްފަހު، އައްޑޫ ސިޓީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ ޢިމާރާތެއް ޢިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމުގައި ޢަމަލުކުރަމުންދާ އުސޫލުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މައްސަލަ ހުށަހަޅުއްވުމުން މި މައްސަލައާ ގުޅޭގޮތުން އިދާރީ މޭޒުން އިތުރު މަޢުލޫމާތު ސާފުކުރުމަށްފަހު، ދެން ބާއްވަވާ ކޮމިޓީ ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމަށް ކޮމިޓީން ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA