ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

28 ސެޕްޓެމްބަރު 2021 11:00

ނަންބަރު

15

2021 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ "ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ކޮމިޓީން އިޞްލާޙުކުރެއްވުމަށްފަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް ގެޒެޓްނުކުރެވިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ކޮމިޓީން އިސްލާޙުކުރެއްވުމަށްފަހު، ފޮނުއްވާފައިވާ ގަވާއިދު ގެޒެޓްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާކަމަށް މިނިސްޓްރީއިން އަންގަވާފައިވާތީ، އެ ގަވާއިދު ގެޒެޓްނުކުރެވި ލަސްވާ ސަބަބު ސާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އެއަށްފަހު އައްޑޫ ސިޓީގައި ޢިމާރާތްކުރުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫ ސިޓީއަށް ފޮނުއްވަން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. ދެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ފިޔަވައި ރާއްޖޭގެ ހުރި އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކަށް ގަސްގަހާގެއްސާއި ދިރޭތަކެތި އެތެރެނުކުރެވޭކަމަށާއި އަދި އެ ރަށްރަށުގައި އުފައްދާ މަސް ފަދަ ތަކެތި މާލެ ނުފޮނުވައި ބޭރަށް އެކްސްޕޯޓް ނުކުރެވޭތީ، އެ މައްސަލަ ބެއްލެވުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ޢަމަލުކުރައްވަމުންދާ އުސޫލުތަކާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ބައްދަލުކުރެއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA