ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

5 އޮކްޓޯބަރު 2021 10:00

ނަންބަރު

16

2021 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ފިޔަވައި ރާއްޖޭގެ ހުރި އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކަށް ގަސްގަހާގެއްސާއި ދިރޭތަކެތި އެތެރެނުކުރެވޭކަމަށާއި އަދި އެ ރަށްރަށުގައި އުފައްދާ މަސް ފަދަ ތަކެތި މާލެ ނުފޮނުވައި ބޭރަށް އެކްސްޕޯޓް ނުކުރެވޭތީ، އެކަން ބެއްލެވުމަށް އެދިހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން މާލެ ނޫން އެހެން ސަރަޙައްދުތަކަށް ގަސްގަހާގެއްސާއި ދިރޭތަކެތި އެތެރެކުރުމުގައި ދަތިތައް ކުރިމަތިވަނީ އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އެ ރަށްރަށުގައި ޤާއިމްވެފައި ނެތުމުން ކަމަށާއި އަދި ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ރާއްޖޭގެ ދެކުނު (އައްޑޫ) އާއި އުތުރުގައި ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓްރީން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެއަށްފަހު އިންޓަރނޭޝަނަލް އެއަރޕޯޓްސްތަކާއި ބަނދަރުތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ސާފުކުރެއްވުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA