ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

27 އޮކްޓޯބަރު 2021 10:00

ނަންބަރު

18

2021 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އައްޑޫ ސިޓީގައި ޢިމާރާތްކުރުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ފޮނުވި ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، އެ ސިޓީގައި ބަޔާންކުރައްވާފައިވާ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ސިޓީ ފޮނުއްވުމަށްވެސް ކޮމިޓީން ނިންމިއެވެ. އެއަށްފަހު، ދެން ކޮމިޓީގައި މަޝްވަރާކުރެވުނީ ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ "ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ކޮމިޓީން އިޞްލާޙުކުރެއްވުމަށް މިނިސްޓްރީއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް އެ ގަވާއިދު ގެޒެޓްނުކުރެވިވާ މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު މި މައްސަލައިގައި ހިމެނޭ ހުރިހާ އިދާރާތަކެއް ކޮމިޓީއަށް ހާޒިރުކޮށް މި މައްސަލައިގައި ކަން ހިނގާފައިވާގޮތާއި، މިކަމަށް ޙައްލު ލިބޭނެ ގޮތެއް ސާފުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA