ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

30 ނޮވެމްބަރު 2021 10:00

ނަންބަރު

19

2021 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ "ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ކޮމިޓީން އިޞްލާޙުކުރެއްވުމަށް މިނިސްޓްރީއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް އެ ގަވާއިދު ގެޒެޓްނުކުރެވިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން ކޮމިޓީން އިސްލާޙުކުރައްވާފައިވާ ގަވާއިދާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުރި ކަންބޮޑުވުންތައް ކޮމިޓީއާ ޙިއްޞާކުރައްވައި، އެ ގަވާއިދު ގެޒެޓްނުކުރެވިވަނީ އެ މައްސަލަތައް ހުރުމުންކަމަށް ބަޔާންކުރެއްވިއެވެ. އަދި މި މައްސަލައަށް އެންމެ އަވަސް ޙައްލެއް އަންނާނީ 2015 ގައި ހައުސިންގ ޑިވެލޮޕްމަންޓުން ކޯޕަރޭޝަނުން އެކުލަވާލާފައިވާ ގަވާއިދު ކޮމިޓީން ފާސްކޮށްދެއްވުމުންކަމަށާއި އެހެންކަމުން ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) އާ ޚިލާފަށް ގެޒެޓްކުރައްވާފައިވާ ގަވާއިދު މިވަގުތަށް ކޮމިޓީން ފާސްކޮށްދިނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެދިވަޑައިގެންނެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA