ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

20 ޑިސެމްބަރު 2021 12:30

ނަންބަރު

37

2021 ވަނަ އަހަރުގެ 37 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 16 ޑިސެންބަރު 2021 ވީ ބުރާސްފަތި ދުވަހު ފިލިޕީންސްއަށް އެރި ބާރުގަދަ ތޫފާންގެ ސަބަބުން، އެ ޤައުމުގައި ތިބި ދިވެހި ދަރިވަރުންތަކެއް އުޅޭ ސަރަޙައްދަށް ވަރަށްބޮޑަށް ގެއްލުންވެފައިވާކަމުގެ މަޢުލޫމާތު ކޮމިޓީއަށް ލިބުމާ ގުޅިގެން، އެ ކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އެކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށާއި، ފިލިޕީންސްގެ އިތުރުން އެ ޤައުމާ ކައިރި އެހެން ޤައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ޙާލަތަކީ ކޮބައިތޯ އާއި، ވަކިން ޚާއްޞަކޮށް މެލޭޝިޔާގައި ތިބި ދިވެހި ދަރިވަރުންނަށް އެ ތޫފާންގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވޭތޯވެސް ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، ކޮމިޓީން މިކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ޢާންމު ކުރުމަށްވެސް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA