ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

8 ފެބްރުއަރީ 2022 22:40

ނަންބަރު

1

2022 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވިއެވެ. އެންމެ ފުރަތަމަ، 05 ފެބުރުވަރީ 2022 ވަނަ ދުވަހު މާލެ ސީޓީ ކައުންސިލް އޮފީސްގައި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް އެ ތަނުން ނުނިކުމެވޭގޮތަށް އެތަނުގެ ތިބި ފަރާތްތައް ބަންދުކުރިކަމަށް ބުނާ މައްސަލަ، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ހުށަހަޅުއްވައި، އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް ސާފުކުރެއްވުމަށް މާލެ ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އެއަށްފަހު، މެދުރާއްޖެތެރޭގެ ރަށެއްގައި ރުގްޔާގެ ނަމުގައި އަންހެނަކާއި 3 ކުދިންނަށް ގޯނާކުރިކަމަށް ބޮޑެތި އަނިޔާކުރިކަމަށް ބުނާ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު ބެއްލެވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އަދި، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއަބެހޭ ޤާނޫނު) އިޞްލާޙުކޮސްދިނުމަށް އެދި ފޮނުވާފައިވާ ސިޓީ އާ ގުޅޭގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. މީގެއިތުރުން، 23 ޖަނަވަރީ 2022 ގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ގޮހޮރު އެ ހޮސްޕިޓަލުގެ އިހުމާލުން ފަޅައިގެން ގޮސްފައިވާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތާއި، އެ މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު މިނިސްޓްރީ އޮފް ހެލްތުން އަޅުއްވާ ފިޔަވަޅުތައް ސާފުކުރެއްވުމަށް އެ މިނިސްޓްރީއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA