ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

14 ފެބްރުއަރީ 2022 09:40

ނަންބަރު

2

2022 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މާލެ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިވާތީ، އެ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން، އެ ކޮމިޓީން ކުރަން ރާވާފައިވާ ޕްރޮގްރާމްތަކާ ގުޅޭގޮތުންނާއި އެ ކަންތައްތައް ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ލާމަރުކަޒީ ކޮމިޓީއާ ހިއްސާކުރެއްވިއެވެ. އެއަށްފަހު، 06 ފެބުރުވަރީ 2022 ވީ އާދީއްތަ ދުވަހު މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެންބަރުން ސިޓީ ކައުންސިލްގެ މައްޗަންގޯޅި އޮފީހުގައި 45 މިނެޓް ވަންދެން ބޭރުން ތަޅުލާފައި ބެހެއްޓި މައްސަލައިގައި ކަންހިނގާފައިވާ ގޮތާ ގުޅޭގޮތުން ކޮމިޓީއާ ހިއްސާކުރެއްވިއެވެ. އަދި މި މައްސަލަ ކޮމިޓީން އިތުރަށް ބެއްލެވުމަށް ނިންމަވައި މިއަދުގެ ކޮމިޓީ ނިންމަވާލެއްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA