ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

14 ފެބްރުއަރީ 2022 11:30

ނަންބަރު

1

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2022 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތައް މަޖިލީހުން ފާސްކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގޮތަށް ފާސްކުރުމަށް މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ތާއީދުކުރައްވައި ހުށަހެޅުއްވިއެވެ. މި ހުށަހެޅުން ވަނީ ކޮމިޓީގެ ޢައްލަބިއްޔަތުން ފާސްކުރައްވާފައެވެ. އެއަށްފަހު، ދެން ކުރިއަށް ގެންދެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމެވެ. އެގޮތުން، ޤާނޫނު ނަންބަރު 2016/3 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު) އުވާލުމުގެ ޤާނޫނު ތަސްދީޤުކުރުމުން އެ އޮތޯރިޓީ އުވާލައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހުރިހާ މަސްޢޫލިއްޔަތެއް ހަވާލުކުރެވިފައިވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުމަށް ނިންމެވިއެވެ. އެޖެންޑާގެ އެހެނިހެންގެ ދަށުން މެންބަރުންނަށް ފާހަގަކުރެވޭ މައްސަލައެއް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހަޅުއްވާއި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތުގެ ދާއިރާއަށް ގެނެވިފައިވާ ބަދަލުތަކާ ގުޅިގެން އެ ޤާނޫނުން މަތިކޮށްފައިވާ މަސައްކަތްތައް މޮނިޓަރކޮށް ރެގިއުލޭޓްކޮށްފައިވާ މިންވަރު ދެނެގަތުމަށާއި އަދި ބުނެވިދިޔަ ޤާނުނު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އެ އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީގެ ޢައްލަބިއްޔަތުން ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA