ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

8 ފެބްރުއަރީ 2022 12:35

ނަންބަރު

1

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އޮޑިޓް ޤާނުނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގައި ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓަރސްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ފަރމްއެއް ޢައްޔަންކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެއްވިއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމުގެ މަސައްކަތް ޕްރިސްވޯޓަރހައުސްކޫޕާރަސް އާ ޙަވާލުކުރުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތަޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްވެފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
22 ނޮވެމްބަރު 2021 - އޮޑިޓަރ ޖެެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އޮޑިޓް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA