ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 1 ވަަނަ ބައްދަލުވުން

8 ފެބްރުއަރީ 2022 11:05 ނަންބަރު 1

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވައި، މަސައްކަތުގެ ސުންގަޑިއަކީ 17 ފެބުރުވަރީ 2022 ކަމުގައި ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އެއަށްފަހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި 03 އަހަރުގެ މުއްދަތަށް މެޑިކަލް ކްލިނިކެއް ހިންގެވުމަށް ބަޔޯ ބިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތުގެ ތިންބައިކުޅަ ދެބައި ބާކީ އޮއްވައި، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ކުއްލި ގޮތަކަށް ނިންމައި، އެ މަސައްކަތްކުރާނެ އެހެން ފަރާތެއް ހޯދުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އިޢުލާންކޮށްފައިވާތީ، އެ މައްސަލަ ބެލުމަށް ކޮމިޓީގެ މުޤައްރިރު ހުށަހެޅުއްވުމުން އެ މައްސަލަ ކޮމިޓީއަށް ބަލައިގަތުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އެއަށްފަހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަދާފައިވާ އާ ރަންވޭ ހުޅުވާނެ ތާރީޚަކާއި އަދި އެރަންވޭ ހުޅުވުން ލަސްވާ ސަބަބު ސާފުކުރެއްވުމަށް ވެސް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

8 ފެބްރުއަރީ 2022

ބަޔޯ ބިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމްކޮށްފައިވާ މެޑިކަލް ސެޓަޕްގެ އެގްރީމެންޓް އެމް.އޭ.ސީ.އެލްއިން އުވާލާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

7 ފެބްރުއަރީ 2022

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ.

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA