ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

14 ފެބްރުއަރީ 2022 13:55

ނަންބަރު

3

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 3 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރެކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި އެ ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވާ ޢާޞިމް މުޙައްމަދާ އިންޓަރވިއު ކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ގދ. ތިނަދޫ އައު އިންޖީނުގެ ޢިމާރާތުގެ ނުނިމި ހުރި މަސައްކަތް ޙަވާލުކުރުމުގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިނގާކަމަށް ބުނެ ސަޢުދުﷲ ޙިލްމީ، ހ. ރެއާލް 3A، 28 ޖޫން 2020 ގައި ފޮނުއްވާފައިވާ ސިޓީ ބެއްލެވުމަށް ހޮއްވެވި ކޮމިޓީގައި އިންނެވި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްގެ ބަދަލުގައި އެ ކޮމިޓީއަށް ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާޞިމް ހަމަޖެއްސެވިއެވެ. އެއަށްފަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓް ރިޕޯޓް ހޯދުމަށް ކޮމިޓީން އެދިފައިވީނަމަވެސް އެ ކުންފުނިން އޮޑިޓް ރިޕޯޓްތައް ފޮނުވާފައި ނުވާތީ، އެ މައްސަލަ ކޮމިޓީން ބެލުމަށް ކޮމިޓީގެ މުޤައްރިރު ހުށަހެޅުއްވުމުން ކޮމިޓީން އެ މައްސަލަ ބަލައިގަތުމަށް ނިންމިއެވެ. ދެން ޕޮލްކޯ އަދި ސިފްކޯއިން އަޅަމުންދާ ފްލެޓްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު، އެ މައްސަލައާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރެއްވުމަށް ޕޮލްކޯ އަދި ސިފްކޯއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA