އިޖްތިމާޢީ ކޮމިޓީ

2022 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

23 ފެބްރުއަރީ 2022 11:15 ނަންބަރު 4

ޚުލާސާ

މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދެވީ ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމާގުޅޭ މައްސަލަތަކާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި އެކިއެކި މައްސަލަތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން އިންކުއަރީއެއް ކުރިއަށްގެންދެވުމަށް މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ތާޢީދުކުރެއްވި ގޮތަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އެއަށްފަހު ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. އެގޮތުން، އެ ބިލާ ގުޅޭގޮތުން ކުޅިވަރު ޖަމްޢިއްޔާތަކުން ފޮނުއްވާފައިވާ ޚިޔާލުފުޅުތައް އިތުރަށް ދިރާސާކުރެއްވުމަށްފަހު ބިލުގެ މަސައްކަތް ކުރިއަށްގެންދެވުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

23 ފެބްރުއަރީ 2022

މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމާގުޅޭ މައްސަލަތަކާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި މައްސަލަތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

2 ޑިސެމްބަރު 2020

ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA