ގަވާއިދު ކޮމިޓީ

2022 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

15 ފެބްރުއަރީ 2022 10:00 ނަންބަރު 1

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ "ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ކޮމިޓީން އިޞްލާޙުކުރެއްވުމަށް މިނިސްޓްރީއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް އެ ގަވާއިދު ގެޒެޓްނުކުރެވިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު އެ ގަވާއިދު މިހާތަނަށްވެސް ގެޒެޓްކުރައްވާފައިނުވާތީ މިކަމާމެދު ޢަމަލުކުރާނެ ގޮތާއި އަދި 19 މެއި 2021 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފޮނުއްވާފައިވާ ސިޓީގައި ފާހަގަކުރައްވާފައިވާ ފަދައިން، ހުޅުމާލޭ ޕްލޭނިންގ ގަވާއިދު، މާލޭ ޕްލޭނިންގ ގަވާއިދުގެ ބަޔަކަށް ހެދުމާމެދު ކައުންސެލް ޖެނެރަލްގެ ލަފައެއް ހޯއްދެވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 ނޮވެމްބަރު 2020

"ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ކޮމިޓީން އިޞްލާޙުކުރެއްވުމަށް މިނިސްޓްރީއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް ގެޒެޓްނުކުރެވިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA