ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

22 ފެބްރުއަރީ 2022 10:00

ނަންބަރު

2

2022 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ "ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ކޮމިޓީން އިޞްލާޙުކުރެއްވުމަށް މިނިސްޓްރީއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް އެ ގަވާއިދު ގެޒެޓްނުކުރެވިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު އާއި މާލޭ ޕްލޭނިންގ ގަވާއިދު އެއްކޮށްލުމަށްފަހު "މާލެ އަރބަން ސަރަޙައްދުގެ ޕްލޭނިންގ ގަވާއިދު" ގެ ގޮތުގައި އިސްލާޙުކޮށްދެއްވުން އެދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރއިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ދެންނެވުނު ގަވާއިދަށް ޚިޔާލު ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީސް، މާލޭ ސިޓީ ކައުންސިލް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ފޮނުއްވުމަށްފަހު، އެ ފަރާތުގެ ކޮމެންޓް ލިބުމަށްފަހު މިކަމާ ގުޅޭ ޓެކްނިކަލް ބޭފުޅަކާ އެއްކޮށް ގަވާއިދު ދިރާސާކުރުމުގެ މަސައްކަތް ފެއްޓުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA