ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

10 ފެބްރުއަރީ 2020 14:00

ނަންބަރު

4

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެމް.ޓީ.ސީ.ސީ އާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ މެދު މެންބަރުން މަޝްވަރާކުރައްވިއެވެ. މިގޮތުން 12 ނޮވެމްބަރު 2019 ވަނަ ދުވަހުރޭ ހުޅުމާލޭގައި އެމް.ޓީ.ސީ.ސީގެ ބަހެއްގައި ޖެހި ސައިކަލެއްގައި އިން 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވެފައިވާތީ، އެމް.ޓީ.ސީ.ސީއިން ބަހުގެ ޚިދުމަތްދިނުމުގައި، ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަމުންދޭތޯއާއި، ބަސްތައް ދުއްވާ ބާރުމިން ވަކި މިންވަރެއްގައި ހިފެހެއްޓިފައިވޭތޯއާއި، ބަސްތައް ދުއްވާ ޑްރައިވަރުންގެ މަސައްކަތްތުގެ ވަގުތު ބެހިފައިވާގޮތާއި، ބައެއް ޑްރައިވަރުން ހުސްވަގުތެއް ނުލިބި މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާތީ، އެއީ އެކަން ހިންގާ ގޮތްތޯ ބައްލަވައިދެއްވުންއެދި، ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން އަންނަނިނި ނިންމުންތައް ނިންމެވިއެވެ. 1.1. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅުއްވަން ކަނޑައަޅާފައިވާ ފިޔަވަޅުތައް އެޅުއްވުމަށާއި، އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ރަނގަޅުކުރަން ފެންނަ ކަންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަރުވާފައިވާ ލަފާއާ އެއްގޮތަށް ކަންކަން އިޞްލާޙުކުރުމަށް އެކުންފުނީގައި ދެންނެވުމަށް؛ އަދި 1.2. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅުއްވާ ފިޔަވަޅުތަކާ ގުޅިގެން ކުންފުންޏަށް އައިސްފައިވާ ބަދަލުތައް މޮނިޓަރކޮށް، ކުންފުންޏަށް އައިސްފައިވާ ކުރިއެރުން އަންގައިދޭ ރިޕޯޓެއް، މަޖިލީހުގެ ތަޅުމުން މިކަމާ ގުޅޭ ރިޕޯޓް ފާސްކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން މި ކޮމިޓީއަށް ފޮނުއްވުމަށް؛ އަދި އެއަށްފަހު އެމް.ޓީ.ސީ.ސީ އިން އިންފޮމޭޝަން ކޮމިޝަނަރ ހޯދުމަށް އެދިފައިވާ މަޢުލޫމާތު ފޯރުކޮށްދީފައިނުވާ މައްސަލައިގައި، އެ ކުންފުނިން އިންފޮމޭޝަން ކޮމިޝަނަރަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެންގުމަކީ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމާއި، އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ، މިނިވަން ޤާނޫނީ ޝަޚްޞެއްކަމަން، އެ މަޢުލޫމާތު އެމް.ޓީ.ސީ.ސީއިން ހޯއްދެވުމަށްޓަކައި އެކަމަށް އެދި ހުށަހަޅަންޖެހޭ ފަރާތަކަށް/ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ހުރަހެއް އޮތްކަމަށް ކޮމިޓީއަށް ނުފެންނަކަމަށް ކޮމިޓީން ނިންމިއެވެ. އެއަށްފަހު މޯލްޑިވްސް ގޭސްއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި މެންބަރުން މަޝްވަރާކުރެއްވިއެވެ. ނަމަވެސް ކޮމިޓީގެ ކޯރަމް ގެއްލުމާ ގުޅިގެން މި މައްސަލައާ މެދު ގޮތެއް ނުނިންމަވާ ކޮމިޓީ ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA