ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

11 ފެބްރުއަރީ 2020 14:00

ނަންބަރު

5

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ގޭސްއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ކޮމިޓީން ނިންމެވީ ގޭހުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ހޯއްދެވުމަށްފަހު މި މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމެވުމަށެވެ. މީގެ އިތުރުން އައިލެންޑް އޭވިއޭޝަން ސަރވިސްގެ ޚާއްސަ ރިވިއު ރިޕޯޓާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޙާލަތު ބެއްލެވުމަށް ކޮމިޓީގެ މެންބަރުން ކުރައްވަން ހަމަޖެހިފައިވާ ދަތުރުގެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި 13 ފެބުރުވަރީ ވާ ބުރާސްފަތި ދުވަހު އައްޑޫއަށް ޒިޔާރަތްކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA