ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

1 މާރިޗު 2022 11:00

ނަންބަރު

3

2022 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 3 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކަށް ފޯރުކޮށްދޭ ކެއުމާއި ސަޔާ ގުޅޭގޮތުން ކޮމިޓީގެ ލަފާ ހޯދުމަށް ފޮނުއްވާފައިވާ މައްސަލައާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) އަށް ބޭނުންވާ މުވައްޒަފުންގެ މަޤާމް އުފެއްދުމަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން. މި މައްސަލަތަކާމެދު ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މައްސަލަތައް ނިންމުމަށް ބޭނުންވާ ވޯޓިންގ ކޯރަމް ލިބިފައިނުވާތީ މި ދެ މައްސަލައިގައި ގޮތެއް ނިންމުމަށް އެހެން ބައްދަލުވުމަކަށް އެޖެންޑާކުރުމަށް ނިންމެވިއެވެ. އެއަށްފަހު ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA