ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

12 ފެބްރުއަރީ 2020 11:30

ނަންބަރު

6

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް ނިންމެވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިކަމާ ގުޅޭގޮތުން ކޮމިޓީގެ ނިންމެވުންތައް ތިރީގައި އެވަނީއެވެ. 1.1 މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ގުޅިގެން ފާއިތުވި ހުރިހާ އަހަރެއްގައި ގޭސް ގަތުމުގައި އަގުތަކަށް އައިސްފައިވާ ބަދަލުތައް ދިރަސާކޮށް، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އިންޓާރނަލް އޮޑިޓެއް ހެދުމަށާއި، މި އޮޑިޓްގެ ރިޕޯޓް ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްއިން މި ކޮމިޓީއަށް ފޮނުއްވުމަށް ދެންނެވުމަށް؛ 1.2 މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައެއްކަމަށް މަޢުލޫމާތު ލިބިފައިވާތީ، މި މައްސަލައާ ގުޅޭގޮތުން ހިނގާފައިވާ އެންމެހާ މުޢާމަލާތްތައް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި ތަޙްޤީޤުކުރުމަށްފަހު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ފޮނުއްވުމަށް އެ އިދާރާއަށް ދެންނެވުމަށް؛ އަދި 1.3 މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްއިން ރާއްޖެއިން ބޭރުން ގޭސްގަތުމުގައި، ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާފައިވާކަމަށް ތުޙުމަތު ކުރެވޭތީ، މި މައްސަލާގައި ދައުލަތުގެ މާލިއްޔާއަށް ގެއްލުން ލިބިފައިވާކަމަށް ބެލެވޭތީ، މި މައްސަލާގައި ހިމެނޭ ޚިޔަނާތުގެ ބައި ބެލުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA