ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2020 11:10

ނަންބަރު

9

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށް ފޮނުވާފައިވާ މައްސަލައިގެ ސުންގަޑި ކަނޑައެޅުމާއި އެ މަސައްކަތް ކުރިއަށް ގެންދަވާނެގޮތެއް ނިންމެވުމެވެ. މިގޮތުން، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ތާއީދުކުރެއްވީ -އެމަސައްކަތް ނިންމާނެ ސުންގަޑިއަކީ 26 ފެބުރުވަރީ 2020 ވާ ބުދަ ދުވަސް ކަމަށް - 17 ފެބުރުވަރީ 2020 އިން ފެށިގެން 23 ފެބުރުވަރީ 2020 ގެ ނިޔަލަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ހުޅުވާލުމަށް. -މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރުން 24، 25 އަދި 26 ފެބުރުވަރީ މި ތިން ދުވަހު ކުރިއަށް ގެންދިއުމަށް. -މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ޝަރުތުހަމަވޭތޯ ބެލުމަށް ކަނޑައެޅުއްވި 3 ބޭފުޅުންގެ މައްޗަށް އެކުލަވާލެވުނު ޕެނަލް 1.އަޙްމަދު ނާޒިމް މުޙައްމަދު 2.ޝަހުޒާދު ސައީދު 3.ފާތިމަތު ނަދާ މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޟިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ފާސްކުރެވުނެވެ. ދެވަނަ ކަމަކަމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކޮމިޝަންއާއެކު 19 ފެބުރުވަރީ 2020 ވާ ބުދަ ދުވަހު ބައްދަލުވުމަކަށް ދެންނެވުމަށް ނިންމެވިއެވެ. ތިންވަނަ ކަމަކަމަށް، މާލިއްޔަތު ކޮމިޓީ އިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ މަޤާމުތަކަށް ހަމަޖެއްސުމަށް ފެންނަ މުސާރައާއި ޢިނާޔަތްތަކުގެ ތަފްސީލު ހިމަނުއްވާ ނޭޝަނަލް ޕޭކޮމިޝަނުން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައިގައި މި ކޮމިޓީގެ ލަފައަކަށް އެދި 12 ފެބުރުވަރީ 2020 ވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެއަށް ފަހު، ޤާނޫނު ނަންބަރު 2007/7 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރައްވާ ބިލުގެ 18-7 ގެ (ހ) ގެ 9 ވަނަ ނަންބަރުގެ ނިޔަލަށް ބައްލަވާ ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA