ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ 1 (އޮޑިޓް އަދި އެކައުންޓިންގއާ ގުޅޭ ބިލުތައް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީ)

ތާރީޚް

11 ފެބްރުއަރީ 2020 00:30

ނަންބަރު

1

އޮޑިޓް އަދި އެކައުންޓިންގްގެ ބިލުތައް ދިރާސާކުރެއްވުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ގެ 2020 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ގެ ނަންފުޅު ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހެޅުއްވިއެވެ. މި ނަންފުޅަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ތާޢީދުކުރައްވައި، ކޮމިޓީގެ އިއްތިފާޤުން މުޤައްރިރަކަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހޮވިވަޑައިގަތެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފްގެ ނަން ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރައްވައި، ކޮމިޓީގެ އިއްތިފާޤުން ނައިބު މުޤައްރިރަކަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހޮވިވަޑައިގަތެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރައްވައި ބިލާގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA