ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

12 އޭޕްރީލު 2020 14:30

ނަންބަރު

9

2020 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލާގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެ ގޮތުން މަޝްވަރާ ކުރުމަށްފަހު ކޮމިޓީން ނިންމެވީ އިކޮނަމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ސިޓީ ފޮނުވުމަށެވެ. މީގެ އިތުރުން، ކޮވިޑް-19 ރޯގާއާ ގުޅިގެން ޓުއަރިޒަމް ވިޔަފާރިއަށް ވާނެ ގޮތާއި ގުޅޭ ފޯކާސްޓެއް އެކުލަވާލައި މި ފޯކާސްޓް އަކީ ކުރިއަށް އޮތް އެއް އަހަރުތެރޭގައި ދުނިޔޭގެ ޓުއަރިޒަމް ވިޔަފާރިއަށް ވެދާނެ ގޮތްތައް ދެނެގަނެ އެކުލަވާލެވޭ ފޯކާސްޓއަކަށް ވުމާއި، ވަކިވަކި މާކެޓްއަށް ވާގޮތާއި، ދިވެހިރާއްޖެއަށް ވެދާނެ ގޮތާއި އަދި މުޅި ދުނިޔޭގެ ޓްރެވަލް ވިޔަފާރިއަށް ވާނެ ގޮތް ދެނެގަތުމާއި އަދި ކޮވިޑް-19 ރޯގާގެ ޙާލަތު އެންމެ ނުރައްކާ ޙާލަތަށް ގޮސްފިނަމަ، ޓުއަރިޒަމް ވިޔަފާރިއަށް ވާނެ ގޮތް ދެނެގަތުމުގެ މައްޗަށް އެކުލަވާލެވޭ ދިރާސާއެއް ހެއްދެވުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި އެދުމަށްވެސް ވަނީ ކޮމިޓީން ނިންމަވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA