ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

2 މާރިޗު 2022 10:10

ނަންބަރު

5

2022 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށްގެންދެވީ ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމާގުޅޭ މައްސަލަތަކާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި އެކިއެކި މައްސަލަތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން އަލްފާޟިލް އިބްރާހީމް ރިޔާޟްއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމެވެ. އެއަށްފަހު، އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާޢީދުކުރެއްވި ގޮތަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA