ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

18 އޭޕްރީލު 2020 12:30

ނަންބަރު

10

2020 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޯވިޑް19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލާގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭގޮތުން ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އދ.މަހިބަދޫގައި 15 އޭޕްރިލް 2020 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ގަސްދުގައި ބަޔަކު ކޮށްފައިވާ އަމަލެއް ކަމަށާއި އަދި އެ ޢަމަލުގެ ޒިންމާ، ހަނގުރާމަވެރި ނިރުބުވެރި ޖަމާޢަތް އައިސިސް އިން އުފުލައިފައިވާކަމަށާއި، އެ ޖަމާޢަތުން އެކަން ކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްގެން ހަދާފައިވާ އާލާތެއް ބޭނުންކޮށްގެން ކަމަށް މީޑިއާގައި މަޢުލޫމާތު ފެތުރިފައިވާތީ، މި ހާދިސާއާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ޑިފެންސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA