ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

12 ފެބްރުއަރީ 2020 14:40

ނަންބަރު

2

2020 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީއިން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ތަންފީޛުކުރުމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދިމާވާ ދަތިތައް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފާހަގަކުރެއްވިއެވެ. އެގޮތުން، ޤާނޫނަށް ޢަމަލުކުރަން ފެށިއިރު ގްރެޖުއޭޓްވެ، ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިނުވާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތް އިސްވެ ޙަވާލާދީފައިވާ ޤާނޫނުގައި ބަޔާންކޮށްފައިނުވާ ކަމާއި، ޤާނޫނު އިޞްލާޙުކޮށް އިންތިޤާލީ މާއްދާއެއް ހިމަނުއްވައިދެއްވައި، އެކަމަށް އަވަސް ޙައްލެއް ބޭނުންވާކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ޕަބްލިކް ނޯޓަރީއާއި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ ޤާނޫނީ ވަކީލުންނަށް ކަމަށް ބަޔާންކޮށްފައިވާތީ، ދައުލަތުގެ އެކި އިދާރާތަކަށް ދަތިތައް ކުރިމަތިވާކަމަށާއި، ބައެއް ރަށްރަށުގައި ޤާނޫނީ ވަކީލުން ނުތިބޭކަމަށާއި، އޭގެ ސަބަބުން ދަތިތަކެއް ކުރިމަތިވާން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA