ކޮމިޓީގެ މުޤައްރިރަކަށް ހުންނަވާނެ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަ ހުޅުވާނެ ލެވުނު ފުރުސަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ތާއީދު ކުރެއްވި ހުށަހެޅުމުގައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ނަންފުޅެވެ. މި ހުށަހަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާގުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކޮމިޓީގެ މުޤައްރިރުކަމަށް ހޮވުނެވެ. އެއަށްފަހު، ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހުންނަވާނެ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަ ހުޅުވާނެ ލެވުނު ފުރުސަތުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ތާއިދުކުރެއްވި ހުށަހެޅުމުގައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ނަންފުޅެވެ. މި ހުށަހަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާގުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ހޮވުނެވެ. ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު، އެ މައްސަލައާ ގުޅިގެން ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދިފައިވާކަމަށާއި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދުމަށް ނިންމުނެވެ.
© 2022 ރައްޔިތުންގެ މަޖިލިސްގެ އިދާރާA