ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

18 ފެބްރުއަރީ 2020 14:05

ނަންބަރު

10

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސް ޤާނޫނު) އަށް އިސްލާޚް ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން ބިލުގެ 18-7 ގެ (ހ) ގެ 9 ވަނަ ނަންބަރުން ފެށިގެން ބިލު އެއްކޮށް ބައްލަވައި ނިންމެވިއެވެ. އެއަށްފަހު ކޮމިޓީން ކުރިއަށް ގެންދެވުނީ ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުން އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާންކުރެއްވުމަށްފަހު އެ މައްސަލަ ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން މި މައްސަލަ ކޮމިޓީން ބައްލަވާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މި ގޮތުން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހެޅުއްވީ ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުންނަށް ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމަށް، ނަމަވެސް އެ ހުށަހެޅުމުގައި ފުރުސަތު ދޭނީ ލިޔުމުންތޯ ހާޟިރުކޮށްގެންތޯ އުޝާމްގެ ފާހަގައެއް ނުކުރައްވައެވެ. ދެވަނަ ހުށަހެޅުމަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވައި ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ތާއިދު ކުރެއްވި ހުށަހެޅުމެވެ. އެ ހުށަހެޅުމުގައި ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުނަށް ލިޔުމުން ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް، އަދި ލިޔުމުން ޖަވާބުދާރީވުމުގެ ފަހުގެ ތާރީޚަކަށް 23 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަސްކަމަށް، ހުށަހެޅި ތާއިދު ލިބިފައިވާ މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޟިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA