ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ (އެމް.އެމް.ޕީ.އާރް.ސީ މައްސަލައާ ގުޅޭ)

ތާރީޚް

9 ޖޫން 2020 14:10

ނަންބަރު

1

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ އާމިނަތު އަސްފާ އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާ، ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ތާއީދުކުރައްވާފައިވަނީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި އެވަގުތު ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. ދެން ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާ، ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން މި ނަންފުޅު ފާސްކުރެވުނެވެ. ދެން ކުރިއަށް ގެންދެވީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމެވެ. އަދި އެއަށްފަހު ކޮމިޓީން ނިންމެވީ ކޮމިޓީއަށް ހުށަހެޅީފައިވާ މައްސަލަ 5 މެންބަރުންގެ ސަބް ކޮމިޓީއަކަށް ފޮނުވައިގެން ދިރާސާކުރެއްވުމަށްފަހު މައި ކޮމިޓިއަށް ފޮނުއްވުމަށެވެ. މި ގޮތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއެވެ. އަދި ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ. މި ސަބް ކޮމިޓީގައި ހިމެނިވަޑައި ގަންނަވާނެ މެންބަރުންގެ ނަންފުޅުތައް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އަދި ތާއީދުކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ. މި ދެ ހުށަހެޅުންވެސް ކޮމިޓީގެ އިއްތިފާގުންވަނީ ފާސްވެފައެވެ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
24 މޭ 2020 - އެމް.އެމް.ޕީ.އާރް.ސީ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA