ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީ

ތާރީޚް

8 އޮކްޓޯބަރު 2019 10:00

ނަންބަރު

1

އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ޑިރެކްޓަރ އަލްފާޟިލާ އާސިޔާ އަޒީމާއެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވައި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއީދުކުރެއްވި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 5 މެންބަރުންގެ އިއްތިފާޤުން، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީވެސް 1 ނަންފުޅަކަށެވެ. އެއީ، މެންބަރު ޚައިތަމް ހުށަހަޅުއްވައި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއީދުކުރެއްވި މުޙައްމަދު ރަޝީދު ޙުސައިންގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 14 މެންބަރުންގެ އިއްތިފާޤުން، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މިއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ ގަވާއިދަކީ ،ޢާއްމު ގޮތެއްގައި ކޮމިޓީތަކުގައި ބޭނުންކުރާ ގަވާއިދު ކަމަށާއި، އަދި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނިސްބަތުން ގަވާއިދުގައިވާ ނަންބަރުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށްފަހު، އެ ގަވާއިދަކީ ކޮމިޓީގެ ގަވާއިދު ކަމަށް، މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 13 މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. މިއަށްފަހު، ކޮމިޓީން ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު"، މާއްދާއަކުން މާއްދާއަކުން ބައްލަވަން ފެއްޓެވިއެވެ. މިގޮތުން، ބިލު ފައްޓަވައިގެން 2 ވަނަ މާއްދާގެ (ބ) ގެ ނިޔަލަށް ބައްލަވައި އިޞްލާޙުކުރެއްވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
8 އޮކްޓޯބަރު 2019 - ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA