ކޮމިޓީގެ ނަން

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ސަބް ކޮމިޓީ

ތާރީޚް

6 އޭޕްރީލު 2020 15:35

ނަންބަރު

1

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ސަބް ކޮމިޓީގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރަކާއި ނައިބު މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން ހުށަހަޅުއްވާ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ތާއީދުކުރައްވާފައިވަނީ ކޮމިޓިގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު އަދި ނައިބު މުޤައްރިރަކަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފްގެ ނަންފުޅެވެ. މި 2 ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި އަދި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮޤްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރެއްވުމުގެ ގޮތުން، މިމައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރެއްވިއެވެ. ކުރެވުނު މަޝްވަރާތަކުގެ އަލީގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީ އަކުން މި ދަނޑިވަޅުގައި ސަރުކާރު ހިންގުމުގެ ނިޒާމާއި ސަރުކާރުގެ ހިންގުން ކުރިއަށްދަނީ ރަނގަޅަށްކަން ދެނެގަތުމުގެ ގޮތުން ކޮވިޑް-19 ރޯގާގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން މި ދަނޑިވަޅުގައި ސަރުކާރު ގެ ވުޒާރާތަކުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ކުރިއަށްއޮތް ދުވަސްތަކުގައި އެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރޭވިފައިވާގޮތާއި އަދި މަސައްކަތް ހަރުދަނާ ކުރެއްވުމަށްޓަކައި އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމަވައި މިއަދުގެ ބައްދަލުވުން ނިންމާލެއްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA