މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮޤްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ސަރުކާރުގެ ހުރިހާ މިނިސްޓްރީ އަކުން މި ދަނޑިވަޅުގައި ސަރުކާރު ހިންގުމުގެ ނިޒާމާއި ސަރުކާރުގެ ހިންގުން ކުރިއަށްދަނީ ރަނގަޅަށްކަން ދެނެގަތުމުގެ ގޮތުން މިނިސްޓްރީ ތަކުން ސާފުކުރުމަށް ނިންމާފައިވާ މައުލޫމާތުތައް ފޮނުވުމަށް ބައެއް އިދާރާތަކުން އިތުރު މުއްދަތެއް ދިނުމަށް އެދިފައިވާތީ އެ އިދާރާތަކަށް 12 އޭޕްރީލް 2020 ގެ ނިޔަލަށް މައުލޫމާތު ފޮނުވުމަށް މުއްދަތު އިތުރުކޮށް ދިނުމަށް ނިންމެވިއެވެ. އަދި މި ހާލަތުގައި މައުލޫމާތު ލިބެންޖެހޭ ވަރަށް މުހިންމު ބައެއް އިދާރާތަކުން އަދި މައުލޫމާތު ލިބިފައިނުވާތީ، އެ މައުލޫމާތުތައް ލިބުމުން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ނިންމައި މިބައްދަލުވުން ނިންމާލެއްވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA