އިޤްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީ (ކޮވިޑް-19 ޙާލަތާ ގުޅިގެން ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް މަޑަވެލި ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ މައްސަލަ)

2020 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

14 އޮކްޓޯބަރު 2020 12:15 ނަންބަރު 3

ޚުލާސާ

މި ބައްދަލުވުމުގައި ކޮމިޓީން ސާފުކުރުމަށް އެދިފައިވާ މައުލޫމާތުތައް ލިބިފައިވާތީ، އެ މައުލޫމާތުތައް ދިރާސާކުރެއްވުމަށްފަހު، ދަނޑުވެރިކަމަށް އަލަށް ފަޅުރަށްތައް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ދަށުން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް އިންވެސްޓްކުރުމަށް ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، 6 ފަޅުރަށެއް ބީލަމުގެ އުސޫލުން 8 އޮކްޓޫބަރު 2020 ވަނަ ދުވަހު ހުޅުވާލާފައިވާކަމަށް ބަޔާންކޮށްފައިވާ ރަށްތަކުގެ ތެރޭގައި މިހާރުވެސް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ފަޅުރަށްރަށް ހިމެނޭ ކަމުގެ މަޢުލޫމާތު ކޮމިޓީއަށް ލިބިފައިވާތީ، ބީލަމުގެ އުސޫލުން ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި އެއްވެސް ފަރާތަކަށް މީގެ ކުރިން ދޫކޮށްފައިވާ ރަށެއް ހިމެނޭނަމަ، އެ ރަށެއް އަލުން ހުޅުވާލުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖްރާޢަތްތައް ފުރިހަމަ ކުރައްވާފައިވޭތޯ ބެލުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

12 ފެބްރުއަރީ 2020

ކޮވިޑް-19 ޙާލަތާ ގުޅިގެން ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް މަޑަވެލި ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA