މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮޤްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ސަބް ކޮމިޓީގެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާއިރުގައި މިނިސްޓްރީ އޮފް ހެލްތް ގެ ދަށުން ހިންގާ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިން މިހާލަތުގައި މަސައްކަތްތައް ހަލުވިކުރުމަށް ކުރުމަށް ނިންމާފައިވާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA