މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮޤްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މިހާތަނަށް ސަރުކާރުގެ އިދާރާތަކުން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލެވުނު ސަބް ކޮމިޓީގެ ރިޕޯޓު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވިވެވަޑައިގެން މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައި މައި ކޮމިޓީއަށް ފޮނުވުމަށް ނިންމެވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA