ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ D ( އޮޑިޓް ރިޕޯޓްތައް ދިރާސާކުރުން)

ތާރީޚް

24 ޖޫން 2019 12:55

ނަންބަރު

1

މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީ D ގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު އަދި މުޤައްރިރުގެ ނައިބަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތް ކުރިޔަށްގެންގޮސްދެއްވީ، ޑިރެކްޓަރ އެކައުންޓްސް ނިއުސާ އަޙްމަދު ނަސީރުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހުށަހެޅުނީ 1 ނަންފުޅެވެ. އެގޮތުން، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފުގެ ނަންފުޅު ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގެ އިއްތިފާޤުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ ނަންފުޅު ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގެ އިއްތިފާޤުން އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދަކީ މާލިއްޔަތު ކޮމިޓީގެވެސް ހިންގާ ގަވާއިދު ކަމަށާއި، ގަވާއިދު މިހާރު އޮތްގޮތް ރަނގަޅުކަމަށް ނިންމަވާ ކޮމިޓީގެ ހިންގާ ގަވާއިދު ފާސްވީކަމަށް ނިންމެވިއެވެ. މިއަށްފަހު، މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ހޮއްވަވާފައިވާ ސަބްކޮމިޓީތަކަށް ޙަވާލުކުރައްވާފައިވާ، އޮޑިޓަރ ޖެނެރަލް މައްސަލައެއް ފާހަގަކުރައްވާފައިނުވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ސަބް ކޮމިޓީ D އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ފެއްޓެވިއެވެ. ސަބް ކޮމިޓީ D އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތައް އެނގޭނޭ ތާވަލު ތިރީގައި އެވަނީ އެވެ. މިގޮތުން، ފަހަރަކު އޮޑިޓް ރިޕޯޓެއް ބައްލަވާ، އެ ރިޕޯޓާމެދު އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ އޮޕީނިއަން ބައްލަވާ މަޝްވަރާކުރެއްވުމަށްފަހު، ތާވަލުގެ 1، 2، 3، 4، 5، 6 ،7، 8، 10، 11 ވަނަ ރިޕޯޓުގެ މަސައްކަތް ނިންމެވިއެވެ. އަދި ބާކީ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމުގައި ކުރިއަށް ގެންދަވާ ގޮތަށް ނިންމަވާ މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. ދިރާސާ ކުރައްވަން ހުށަހަޅާ އޮޑިޓަރ ޖެނެރަލުގެ ރިޕޯޓްތައް: 1. އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓް 2."ބިލްޑިންގ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އޮފް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ނޭޝަނަލް އިމްޕްލިމެންޓޭޝަން ޔުނިޓް ޓު އިމްޕްލިމެންޓް ނޭޝަނަލް ޓްރޭޑް އެޖެންޑާ އިންކްލޫޑިންގ އެންހޭންސްޑް އިންޓަގްރޭޓެޑް ފްރޭމް ވާރކް" ޕްރޮޖެކްޓްގެ 2013ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 3.އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދި ކޮންވެންޝަން އެގެއިންސްޓް ޓޯޗާރ ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓް 4.އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 5.ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގައިސްޓް ޗިލްޑްރަން ޕްރޮޖެކްޓްގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 6.ކުލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 7.އެޑިޝަނަލް ފައިނާންސިންގ ފޯ މޯލްޑިވްސް އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 8.އެކްސެލެރޭޓިންގ ސަސްޓައިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 9.ޓްރަސްޓް ފަންޑް ފޯރ ސްޓެޓިސްޓިކަލް ކެޕޭސިޓީ ބިލްޑިން (TFSCB) ގްރާންޓް ފޯރ ދަ މޯލްޑިވްސް ސްޓެޓިސްޓިކަލް ކެޕޭސިޓީ ބިލްޑިންގް ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓް 10.ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 11.އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީ.އީ.ޑީ.ޕީ) ގެ 2015 ވަނަ އަހަރު އޮޑިޓް ރިޕޯޓް 12."ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން" ޕްރޮޖެކްޓްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 13.އެޑިޝަނަލް ފައިނޭންސިންގް ފޮރ މޯލްޑިވްސް އެންވަޔަރަންމެންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް (MEMP-AF) ގެ 01 ޖަނަވަރީ 2016 އިން 16 އޮކްޓޯބަރު 2016 ގެ ނިޔަލަށް ނިމުނު މުއްދަތުގެ މާލީ އޮޑިޓް ރިޕޯޓް 14.އެކްސެލެރޭޓިންގ ސަސްޓައިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާރޖީ (އެސްޕަޔަރ) ގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 15.ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ 2016 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 16.ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ 2016 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 17.އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީ.އީ.ޑީ.ޕީ) ގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 18.ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 19.ޕްރެޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 20.ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 21.އެކްސެލެރޭޓިންގ ސަސްޓައިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 22.ކުޅުދުއްފުށި ހާބާރ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 23.އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 24.އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (EEDP) ގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 25.ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA