ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ E ( އޮޑިޓް ރިޕޯޓްތައް ދިރާސާކުރުން)

ތާރީޚް

24 ޖޫން 2019 12:45

ނަންބަރު

1

މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީ E ގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު އަދި މުޤައްރިރުގެ ނައިބަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހުށަހެޅުނީ 1 ނަންފުޅެވެ. އެގޮތުން، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްގެ ނަންފުޅު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ހުށަހެޅުއްވިއެވެ. އަދި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ކޮމިޓީގެ މުޤައްރިރު ކަމުން ތަނާޒުލުވެވަޑައިނުގަންނަވާތީ، ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހޮވިވަޑައިގަތެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފުގެ ނަން ހުށަހެޅުއްވިއެވެ. އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ކޮމިޓީގެ ނައިބު މުޤައްރިރު ކަމުން ތަނާޒުލުވެވަޑައިނުގަންނަވާތީ، ކޮމިޓީގެ ނައިބު މުޤައްރިރަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ހޮވިވަޑައިގަތެވެ. އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދަކީ މާލިއްޔަތު ކޮމިޓީގެވެސް ހިންގާ ގަވާއިދު ކަމަށާއި، ގަވާއިދު މިހާރު އޮތްގޮތް ރަނގަޅުކަމަށް ނިންމަވާ ކޮމިޓީގެ ހިންގާ ގަވާއިދު ފާސްވީކަމަށް ނިންމެވިއެވެ. މިއަށްފަހު، މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ހޮއްވަވާފައިވާ ސަބްކޮމިޓީތަކަށް ޙަވާލުކުރައްވާފައިވާ، އޮޑިޓަރ ޖެނެރަލް މައްސަލައެއް ފާހަގަކުރައްވާފައިނުވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ސަބް ކޮމިޓީ E އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ފެއްޓެވިއެވެ. ސަބް ކޮމިޓީ E އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތައް އެނގޭނޭ ތާވަލު ތިރީގައި އެވަނީ އެވެ. މިގޮތުން، ފަހަރަކު އޮޑިޓް ރިޕޯޓެއް ބައްލަވާ، އެ ރިޕޯޓާމެދު އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ އޮޕީނިއަން ބައްލަވާ މަޝްވަރާކުރެއްވުމަށްފަހު، ސަބް ކޮމިޓީ E އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ނިންމަވާ މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. ދިރާސާ ކުރައްވަން ހުށަހަޅާ އޮޑިޓަރ ޖެނެރަލުގެ ރިޕޯޓްތައް: 1.އެޓަރނީ ޖެނެރަލްގެ އޮފީހުގެ 2014 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 2.އެޓަރނީ ޖެނެރަލްގެ އޮފީހުގެ 2016 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 3.ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 4.ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 5.ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ 6 އޮކްޓޯބަރު 2015 އިން 31 ޑިސެންބަރު 2015 އަށް ނިމުނު މުއްދަތުގެ މާލީ އޮޑިޓް ރިޕޯޓް 6.ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ 2016 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 7.ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 8.ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ 2014 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓް 9.ކުރީގެޕޮލިސްއިންޓެގްރިޓީކޮމިޝަން 1 ޖަނަވަރީ 2015 އިން 5 އޮކްޓޯބަރ 2015 އަށްނިމުނުމުއްދަތުގެމާލީއޮޑިޓްރިޕޯޓް 10.ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ 1 ޖަނަވަރީ 2015 އިން 5 އޮކްޓޯބަރު 2015 އަށް ނިމުނު މުއްދަތުގެ އޮޑިޓް ރިޕޯޓް

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
18 ޖޫން 2019 - އޮޑިޓް ރިޕޯޓްތައް ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA