ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ 3 (އިންޝުއަރެންސްއާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީ)

ތާރީޚް

7 ޑިސެމްބަރު 2020 11:15

ނަންބަރު

1

އިންޝުއަރެންސްއާބެހޭ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 2020 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒުގެ ނަންފުޅު ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހެޅުއްވިއެވެ. މި ނަންފުޅަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ނަންފުޅު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން ނައިބު މުޤައްރިރަކަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހޮވިވަޑައިގަތެވެ. އެއަށްފަހު، ކޮމިޓީގެ ވަރކިންގ ކޯރަމް އަދި ވޯޓިންގ ކޯރަމްއަކީ 3 މެންބަރުންކަމަށް ނިންމަވައި، އިންޝުއަރެންސްއާބެހޭ ބިލަށް ސްޓޭކްހޯލްޑަރުންގެ ކޮމެންޓަށް ފޮނުއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
25 ނޮވެމްބަރު 2020 - އިންޝުއަރެންސްއާބެހޭ ބިލު ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA