މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

18 ފެބްރުއަރީ 2020 12:30 ނަންބަރު 10

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީޕްލޭން ޓަރމިނަލް ކުއްޔަށްދޫކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމެވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ:- 1.1.1. ދިވެހި ސަރުކާރުން ގެރެންޓީދީގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ލޯނު ނަގައިގެން ޢިމާރާތްކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލް ބޭނުންކުރާނެ ގޮތާއި ގުޅޭގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އިން ނިންމަވާފައި ގޮތަށް ކުރިޔަށް ގެންދިޔުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއަށް ދެންނެވުމަށް؛ އަދި 1.1.2. މިނިސްޓްރީ އޮފް ފިނޭންސްއިން ނިންމަވާފައިވާ ގޮތަށް ކަންތައްތައް ކުރިޔަށް ނުގޮސްފިނަމަ، އެފަދަ ޙާލަތެއްގައި ޢަމަލުކުރާނެ ކޮންޓިންޖެންސީ ޕްލޭނެއް އެކުލަވާލައި، އެޕްލޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޙިއްޞާކުރުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ދެންނެވުމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

19 އޯގަސްޓު 2019

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީޕްލޭން ޓަރމިނަލް ކުއްޔަށްދޫކުރުމުގެ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA